މައިގަނޑު ބަޔަށް

ދިފާޢީ ވަޒީރު އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން, އިންޑިއާގެ މިނިސްޓަރ އޮފް ޑިފެންސް، ޝްރީ ރަޖްނާތް ސިންގްއާ ބައްދަލުކުރައްވައިފިއެވެ.

ދިފާޢީ ވަޒީރު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ބޭއްވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، މި ދަތުރުފުޅުގެ ތެރެއިން، އިންޑިއާ ސިފައިންގެ މަގުބަރާއަކަށް ޒިޔާރަތްކުރައްވައި އެތަނުގައި މާބޮނޑިއެއްވެސް ބޭއްވެވިއެވެ.