މައިގަނޑު ބަޔަށް

އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގެ އުޅަނދުފަހަރު އެކްސިޑެންޓްވެ ހިނގާ ހާދިސާތަކުގެ ރިޕޯޓު ދޫކުރުން

އަލިފާނުގެ ސަލާމަތާ ގުޅުން ހުރި ޚިދުމަތްތައް

ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު

އަލިފާނުގެ ހާދިސާތަކާއި ކަނޑުމަތީގައި އުޅަނދުފަހަރު އެކްސިޑެންޓްވެ ހިނގާ ހާދިސާތަކުގެ ރިޕޯޓު ހޯދުމަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުން [email protected] އަށެވެ.

ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ކަނޑުމަތީގެ ހާދިސާއަކާގުޅިގެން އިންޝުއަރެންސްގެ ބޭނުމަށް ރިޕޯޓެއް ހޯއްދަވަން އެދި ހުށަހަޅުއްވާނަމަ، އެ އުޅަނދެއްގެ ރަޖިސްޓްރީގެ ކޮޕީއާއި، އުޅަނދުގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއި، ސަލާމަތީ ސެޓްފިކެޓުގެ ކޮޕީއާއި އުޅަނދުގެ ކެޕްޓަންގެ ލައިސަންސް ނުވަތަ ސަނަދުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ.

ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު

ރަސްމީ މަސައްކަތު 07 ދުވަސް

ޚިދުމަތް ދިނުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަރުޙަލާތައް

1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.

2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން. 

3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އަށް ފޮނުވުން.

4. އެމް.އެން.ޑީ.އެފް އިން ރިޕޯޓް ނުވަތަ ޖަވާބު ލިބުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.

5. މިނިސްޓްރީ އިން ރިޕޯޓް / ޖަވާބު ދިނުން.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7522601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.