
ދިވެހިރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ކެރަން ރޯސްލަރ މިނިސްޓަރ އޮފް ޑިފެންސް އޮނަރަބަލް ޢައްސާން މައުމޫނުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ 03 ޑިސެންބަރު 2023 ވަނަ ދުވަހު ދިފާޢީ ވުޒާރާގައެވެ.