މައިގަނޑު ބަޔަށް

ދިފާޢީ ވަޒީރު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައިފި

ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓަރނަލް އެފެއާރސް މިނިސްޓަރ ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއެކު ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި މައިގަނޑު ދާއިރާތަކަކީ ދިފާޢީ އަދި ސަލާމަތާ ގުޅޭ ގޮތުން ދެ ޤައުމުން އެއްބާރުލުން ދިނުމާއި ސަރަޙައްދީ ސަލާމަތާ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މިފަދަ ކަންކަމަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން ސަލާމަތީ އިސްތިރާޖީތައް އެކުލަވާލުމާ ގުޅޭގޮތުންނެވެ.

އަދި ދެ ޤައުމުގެ އިސްތިޤްލާލާއި ސަރަޙައްދީ އިންފާރުތަކަށް އިޙްތިރާމްކުރުމާއެކު، ސަރަޙައްދުގެ ސަލާމަތާ ހަމަޖެހުމަށާއި، ކަނޑުގެ ސަރަޙައްދުތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށާއި، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ އިތުރު ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާރސް މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.