Skip to content

Awareness Session on Counter-Terrorism and National Security held for MoD staff

ކައުންޓަރ ޓެރަރިޒަމް އަދި ޤައުމީ ސަލާމަތާ ގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެން، ދިފާޢީ ވުޒާރާގެ މުވައްޒަފުންނަށް ބާއްވައިފިއެވެ.

މި ސެޝަންގައި ހުށަހަޅައިދީފައިވާ މައިގަނޑު މަޢުޝޫތަކަކީ، ކައުންޓަރ ޓެރަރިޒަމް އަދި ޤައުމީ ސަލާމަތާ ގުޅޭ ތަޢާރަފާއި، މިކަންކަން ކުރުމަށް ހުރި ގޮންޖެހުންތަކާ އަދި ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މަސައްކަތްތައް ކުރުމުގެ މުހިންމުކަން ހިމެނެއެވެ.

މިފަދަ ސެޝަންތައް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ބައިނަލްއަޤްވާމީ، ޤައުމީ އަދި ސަރަޙައްދީ ސަލާމަތާ ހަމަޖެހުމަށް ހުރި ގޮންޖެހުންތަކާ މެދު އަހުލުވެރިކޮށް، ވުޒާރާގެ މުވައްޒަފުންނަކީ ވިލުންވެރި ބަޔަކަށް ހެދުމެވެ.