މައިގަނޑު ބަޔަށް

ޕެރަޝޫޓް ޖަމްޕް ޓްރޭނިންގ ރާއްޖޭގައި ފެށުމާ ގުޅޭގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސްއާ މަޝްވަރާކުރައްވައިފި

އެމްއެންޑީއެފް ގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ޓްރޭނިންގ ދިވެހިރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމަށްޓަކައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދު، އައިލެންޑް އޭވިއޭޝަން ސަރވިސްގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އެއަރބޯރން ތަމްރީންތަކާއި އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު ވަޞީލަތްތައް ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވައި ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންދަވަނީ ކުރައްވަމުންނެވެ.