މައިގަނޑު ބަޔަށް

ފަޔަރ ސޭފްޓީ ސިސްޓަމްތަކުގެ ކުރެހުން ފާސްކުރުން.

އަލިފާނުގެ ސަލާމަތާ ގުޅުން ހުރި ޚިދުމަތްތައް

ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު:

ފަޔަރ ސޭފްޓީ ސިސްޓަމްތަކުގެ ކުރެހުން ފާސްކޮށްދިނުމަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުން [email protected] އަށެވެ. އަދި ސިޓީއާއެކު ކުރެހުން ހުށަހަޅުއްވަން ވާނެއެވެ. ރިޒޯޓެއްގައިނަމަ، މިކަންކަމަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށެވެ. 

ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

ފަޔަރ ސޭފްޓީ ސިސްޓަމްތަކުގެ ކުރެހުން.

ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު

ރަސްމީ މަސައްކަތު 10 ދުވަސް 

ޚިދުމަތްދިނުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަރުޙަލާތައް

1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.

2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން. 

3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.

4. އެމް.އެން.ޑީ.އެފް އިން ކުރެހުން ފާސްކުރުމުން ނުވަތަ ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.

5. މިނިސްޓްރީ އިން ޖަވާބު ދިނުން

އިތުރު މަޢުލޫމާތު

ިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7382601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.