
ޚިދުމަތަށް އެދޭން ގޮތުގެ އިރުޝާދު
ގްރީން ޒޯން ސަރަޙައްދުތަކުގެ މަގުތަކުގައާއި އެ ސަރަހައްދުތަކުގައި ހުންނަ އުސް އިމާރާތްތަކުގައި، މަސައްކަތްކުރުމަށް ނުވަތަ ހަރަކާތެއް ހިންގުމަށް ހުއްދަ ދޫކުރުން.
މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ނުޖެހޭ މަސައްކަތެއް ގްރީން ޒޯން ސަރަޙައްދެއްގައި ކުރައްވަން ބޭނުންވާނަމަ މިނިސްޓްރީގެ ވެބްސައިޓްގައިވާ 'ސެކިއުރިޓީ ޒޯންގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި މަސައްކަތްކުރުމަށް ނުވަތަ ޙަރަކާތް ހިންގުމަށް ހުއްދައަށް އެދޭ ފޯމް' ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީ-މެއިލް ކުރައްވާށެވެ. މާލޭ ސިޓީ ކައުންސިލުން ހުއްދަ ނަގަންޖެހޭ މަސައްކަތެއްނަމަ، ހުއްދައަށް އެދި ހުށަހަޅުއްވާނީ މާލޭ ސިޓީ ކައުންސިލަށެވެ.
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
'ސެކިއުރިޓީ ޒޯންގެ ތެރޭގައި ހިމެނޭ ސަރަޙައްދުތަކުގައި މަސައްކަތްކުރުމަށް ނުވަތަ ޙަރަކާތް ހިންގުމަށް ހުއްދައަށް އެދޭ ފޯމް'
ޚިދުމަތަށް އެދޭ ފޯރމް ޑައުންލޯޑް ކުރައްވާ
ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު
ރަސްމީ މަސައްކަތު 03 ދުވަސް
ޚިދުމަތް ދިނުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަރުޙަލާތައް
1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.
2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން.
3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.
4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.
5. މިނިސްޓްރީ އިން ހުއްދަ / ޖަވާބު ދިނުން.
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7432601 އަށް ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.